ހުވަދޫ ބަހުން މިނިސްޓަރު ވިދާޅުވީ "ދެކެނެހިތުން ހުޓެވެންނޫ ނުން" ކަމަށް!

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ/ ސަން

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ހުވަދޫ ބަހުރުވައިން ޓުވީޓެއް ކުރައްވައި، ދަރިވަރުން ދެކޭ ހިތުން ކެތްމަދުވެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ހުވަދޫ ބަހުރުވައިން ވާހަކަ ދައްކާފައިވާ ވީޑިއޯއެއް ރިޓްވީޓް ކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ހުރިހާ ކުދިން ވަރަށް ބޮޑަށް "މިސްވާ" ކަމަށާއި ނުފެނި ގިނަ ދުވަސްވީމަ ވަރަށް ހަނދާންވާ ކަމަށެވެ.

"ތި ލޯބި މޫނެތަން ދެކެނެހިތުން ހުޓެވެންނޫ ނުން! މަދަރުސާން އެންނޭ ދޮފައެއްގެ އިންތިޒާރުގައި ތިހުއްޓިން [މާނަ: ތިލޯބި މޫނުތައް ދެކޭހިތުން ހުރެވެނީއެއް ނޫން. މަދަރުސާއަށް ދާނެ ދުވަހެއްގެ އިންތިޒާރުގައި އެބަހުރިން]،" އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

 

ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. ބަލީގެ އެއްވެސް ނުރައްކަލެއް ނެތް ރަށްރަށުގައި، އަންނަ މަހުން ފެށިގެން ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާނެއެވެ. ނަމަވެސް ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށުގައި ކިޔަވައިނުދޭނެއެވެ. މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.

1 thought on “ހުވަދޫ ބަހުން މިނިސްޓަރު ވިދާޅުވީ "ދެކެނެހިތުން ހުޓެވެންނޫ ނުން" ކަމަށް!

Leave a Reply

Your email address will not be published. Required fields are marked *