ވަރަށް ދެރަ، ފިޔޯރީގައި ވެލާ ފެޅުން އާންމުވެފައި

ފިޔޯރީއަށް އެރި ވެލައެއް ބަޔަކު ފަޅާލާފައި: އެ މައްސަލަ ދަނީ ކައުންސިލުން ބަލަމުން-- ފޮޓޯ/ ފޭސްބުކް

އެކަން ކުރަނީ ސިއްރުންނެވެ. ވަގަށެވެ. އެކަން ކުރާ ވަކި ބަޔަކު ރަށުގައި އުޅެއެވެ. ގދ. ފިރޯރިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެއީ އެ ރަށުގައި އާންމު ކަމެއް ކަމަށެވެ. ރޭ ދަންވަރު ވެސް ވަނީ އެކަހަލަ "ވިޔާނުދާ" ކަމެއް ކޮށްފައެވެ.

"ވެލާ ފަޅާފަ އޮތީ ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި. މިއީ ފިޔޯރީގައި އާންމު ކަމެއް،" ނަން ހާމަ ނުކުރަން ޝަތުރުކޮށް ފިޔޯރީން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މި ރަށަކީ އާންމުކޮށް ވެލާ އަރާ އުޅޭ ރަށެއް. ބައެއް ފަހަރު ދެ ވެލާ ނުވަތަ ތިން ވެލާ އަރާ ފަހަރު ވެސް އާދޭ. މި ރަށަށް ނާރައިފިއްޔާ ކައިރީގައި އޮންނަ ދިގުލާބަދުއަށް ވެސް އަރާނެ."

ހުވަދު އަތޮޅުގެ ރީތި ރަށްތަކުގެ ތެރޭގައި ހިމެނޭ ފިޔޯރީއަށް އެރި ވެލާ ފަޅާލުމަށްފަހު، އެއްލާލާފައި އޮތީ އެ ރަށުގެ ފުއްޓަރުފަރާތު ތޮށިމައްޗަށެވެ. ފިޔޯރީއަށް އެރި ވެލާ ފަޅާލާފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފިޔޯރީއަށް އެރި ވެލައެއް، ފަޅާލުމަށްފަހު އެއްލާލާފައި

އެކަމާ ގުޅޭ ގޮތުން ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ އެކަން ބަލަން ފަށާފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލުން އަޅަމުންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. މިހާރު އަޅުގަނޑު މި ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް. ޤާނޫނާ ހިލާފަށް ކުރާ މިފަދަ ކަންކަން އަޅުގަނޑުމެން ހުއްޓުވާނަން،" ސައީދު ވިދާޅުވިއެވެ.

ފިޔޯރީއަށް ވެލާ އަރާ ސަރަހައްދު

ފިޔޯރީގައި ގެސްޓްހައުސް ވިޔަފާރި ފުޅާވާން ފަށާފައިވަނިކޮށް، މިކަހަލަ ކަންކަން އެ ރަށުގައި އާންމުވުމަކީ އޭގެ ސަބަބުން ރަށުގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަކެވެ. ދުނިޔެއިން ނެތި ދިއުމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭތީ، ވެލާ ކަހަނބު ރާއްޖޭގައި ހިފުން މަނާކޮށްފައި ވަނީ 1995 ވަނަ އަހަރުއެވެ.

ވެލާ ހިފައި ގެންގުޅުމާއި އެ އެއްޗެއްސަށް ގޯނާ ކުރުމާއި ފެޅުމަކީ ޖީނާއީ ކުށެކެވެ.

5 thoughts on “ވަރަށް ދެރަ، ފިޔޯރީގައި ވެލާ ފެޅުން އާންމުވެފައި

  1. Velaa aee vess dhevaa faivaa roadhi eygen konmme maheh falhaagen keyah insaanaa ah libeyne ehvess azaabeh neyy

    Kandu ge dhevaafaivaa roadhi aee insaanun kaan adhi eyge beynun heyogothugaii kuran dhevaafaivaa ehceh

    Maadhamaii dhuniyey nini dhiyas thiya velaa falhaigen key eyy kiyaafai emeehakah azaabeh neyy

    Resort thakun raa vihkaigen libey azaabu maa bodu

  2. Thee Fiyoaree ge v aaammu kameh. Vaki meehaku noon. Rashuve zuvaanunnaai adhi eah vure dhoshee umurufuraage v aammu kameh. Council in thihen bunaane fiyavalhu alhaanamey. Ekam ekameh nukuraane. Khudhu council idhaaraage muvazzafunnaai rashuge gina rayyithun ebbaivegen kuraakameh. Polihahves thikan ingey.

  3. Vagun ves kanthah kurany sirrun kan adhi kiriya mi eguny.. Haraan kameh nooniyya keun huhdha vaane.. 🖤🤜🤛🔥

  4. Velaa felhumuga enme kureega ulhenee cauncil naib mohamed saeed.mi aharu midhiya eid dhuvahah ves mohamed saeed loanch in mohamed saeed vanee gina adadakah velaa nagaafa eyge mas genes furij ko eid duvahu rey mas tahyaar koffa

Leave a Reply

Your email address will not be published. Required fields are marked *