ހިސާން ދަރިފުޅުގެ ބުޅާ ގެއްލިގެން ހޯދަނީ

ހިސާންގެ ދަރިފުޅު ބުޅާ އުރައިގެން އަދި ބުޅަލުގެ ވަކި ފޮޓޯއެއް: ފޮޓޯ / ހިސާން ޓްވީޓާ

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ދަރިފުޅު ގެންގުޅޭ ބުޅާ ގެއްލިގެން ހޯދަން ފަށައިފިއެވެ.

މެންބަރު ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ދަރިފުޅު ގެންގުޅޭ ބުޅާ ގެއްލިފައިވާ ކަމަށާއި އެ ބުޅާ ހޯދުމަށް އެހީތެރި ވެއްދުމަށް އާއްމުންގެ ކިބައިން އެދިފައެވެ.

އެބުޅާ ގެއްލުނީ މާފަންނު ސޯޝަލް ސެންޓަރު ކައިރިން ކަމަށް ހިސާން ވިދާޅުވިއެވެ. އެ ބުޅަލަށް ކިޔަނީ "ޓައިގަރު" ކަމަށާއި އެ ބުޅަލަކީ ވަރަށް އެކުވެރި އަދި އެ ބުޅަލަށް ކިޔާ ނަމުން ގޮވައިފި ނަމަ އެ ބުޅަލަށް އެނގޭނެ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އެ ބުޅަލަކީ ދެ އަހަރުގެ ބުޅަލެއް ކަމަށާއި ނަމަވެސް އެ ބުޅަލަކީ ބޮޑު ބުޅަލެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި އެ ބުޅާ ފެނިއްޖެ ނަމަ ހިސާން އަށް ޓްވީޓާއިން މެސެޖު ކޮށްދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *