82 މީހަކު ރަނގަޅުވިއިރު 17 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް މީހެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަންސް

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއ، ބަންގްލަދޭޝްގެ ހަ މީހެއްގެ އިތުރުން އިންޑިއާގެ ތިން މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.

މި 17 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2137 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 368 މީހަކަށެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު 82 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1759 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *