ގޯހެއް ހަދާފައި އޮތިއްޔާ މި ސަރުކާރުގެ މިނިސްޓަރުންނަށް ވެސް ދައުވާކުރާނަން: ޕީޖީ ޝަމީމް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ފޮޓޯ / ސަން

މިފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިން މި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުވެސް ގޯހެއް ހައްދަވާފައިވާ އޮތް ކަމަށްވާ ނަމަ ދައުވާ ނުކޮށް ދޫނުކުރައްވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ވަރަށް ގިނަ ފަރާތްތަކެއް ޝާމިލުވާ ކަމަށެވެ. އެގޮތުން 260އެއްހާ މީހުން އެކި ގޮތް ގޮތުން ޝާމިލުވާއިރު އެ މީހުންގެ ތެރޭގައި އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި މާނައެއް ނޫން އެ 260 ބޭފުޅުން ޖަލަށް ލާންށޭ މިއުޅެނީ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މުޅި މައްސަލަ ހިންގާ ރޭވުމުގައި އިސްކޮށް އުޅުއްވީ ތިން ފަރާތެއް ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށެވެ. ނަމަވެސް އެ ތިން ބޭފުޅުންނާއި ހަމައިން އެ މައްސަލަ ނުނިމޭ ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ އެ މައްސަލާގައި މުޅި ދައުލަތުގެ އިހުމާލު އެބަ އޮތް ކަމަށެވެ.

"އޭރުގެ ދައުލަތް ހިންގުމުގައި ހުންނެވި މީހުންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެ އިހުމާލެއް ކަމެއް ނުވަތަ ގަސްތުގައި ކަމެއް ނުކުރީ ކަމެއް ކޮންމެވެސް ބައިވެރިވުމަށް އެއީ ކަމެއް ކޮށްގެންވިއަސް ނުކޮށްވިއަސް އެބޭފުޅުންގެ ބައިވެރިވުމަށް އެބައޮތް،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި ތަފާތު އެކި ކްލަސްޓާތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންނަކީ ވެސް އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަކުރެވުނު ކްލަސްޓާއެއް ކަމަށާއި ފުލުހުންގެ ތެރޭގައި މީގެކުރިން ފުލުހުންގެ މުއައްސަސާގައި އުޅުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ތިން ފަނޑިޔާރެއްގެ މައްސަލަ ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި ސިފައިންގެ ތެރެއިންވެސް މައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި އެފަރާތްތަކުގެ ތަހުގީގުވެސް ނިންމާލެވިގެން ދިއުން ކަމަށެވެ.

2 thoughts on “ގޯހެއް ހަދާފައި އޮތިއްޔާ މި ސަރުކާރުގެ މިނިސްޓަރުންނަށް ވެސް ދައުވާކުރާނަން: ޕީޖީ ޝަމީމް

  1. kaleyakee vaahaka molhu eh kameh wess vaa meeheh noon. MDP meehakah MDP ge bodun ge massala feney tha. Ehen vee iru enmme furathama Raees Ibu ge thahugeeg avahah fashaa. Raees Ibu isthisnaa vaa gothah vaahaka Thi hunnany. Mi verikan nimey iru enmme kuda minu STO Kaadu gudhan thah madhu nuvaa Varah kaadu huttas rangalhu.

Leave a Reply

Your email address will not be published.