އެމްއެމްޕީއާރުސީގެ ދައުރު ފުޅާކޮށް ރާއްޖެ އިސްތިހާރުކުރުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ: ރާޢީ

ދިވެހި ރާއްޖެ އިސްތިހާރު ކުރުމުގެ ކަންކަން އެންމެ އެކަށީގެންވާގޮތުގައި ކުރިއަކަށް ނުދާކަމަށާއި އެމްއެމްޕީއާރުސީގެ ދައުރު ފުޅާކުރަންޖެހޭ ކަމަށާއި ރާއްޖެ އިސްތިހާރުކުރުމަށް އިހުނަށްވުރެއް ބާރަށް މަސައްކަތް ކުރަން ޖެހޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން” (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ބޮޑެތި ކަންބޮޑުވުންތައް މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ.

"އެއަރޕޯޓް ހުޅުވިގެން އަންނާނެ ވަކި ދުވަހެއް ނޭންގޭއިރު އެރަޕޯޓުގައި ވާންޖެހޭ ތައްޔާރީތައް ބައިވަރު އެބަހުރި. ރިސޯޓުތަކުގައި ކުރަން ހުރި ބައިވަރު ކަންކަން އެބަ ހުރި." ކަމަށާއި "ސިނާއަތް ހުޅުވާލާން ވާނީ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ފަހުގައިކަމަށް މަޖިލީހުގައި މެމްބަރު ރާއީ ވިދާޅުވިއެވެ.

ޓޫރިޒަމް އިންޑަސްޓްރީ ހުޅުވާލާއިރު މުވައްޒަފުން ތިބީ ބްލޭންކްކޮށްކަމަށާއި ވޭތުވެދިޔަ ތަނުގައި މުސާރަ ނުދެވުމާއި އިނާޔަތްތައް ކަނޑާލާފައިވުމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށްމެމްބަރު ރާއީ ފާހަގަކުރެއްވިއެވެ.

ދިވެހި ރާއްޖޭގެ އިޤުތިޞާދު ހިނގައިގަންނަށް އެންމެ ބޮޑު ސިނާއަތަކަށް ވާނީ ޓޫރިޒަމްކަމަށް ވާތީވެ ޓޫރިޒަމް ނަގަހައްޓާ ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އެކަން ވާނީ ޙިދުމަތްދޭން ތިބި މުވައްޒަފުންގެ މޫނުމަތިން އުފާވެހުރިރިކަން ދެއްކޭނެ ގޮތަކަށް ހަދައިގެން ކަމަށެވެ.

ޓޫރިޒަމްގެ ޕްލޭންތައް މިހާރަށް ވުރެއް ބޮޑަށް އާންމު ކުރެވެން އެބަޖެހޭ، މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާއަށްދާންތިބި މުވައްޒަފުންނަށް ފުރިހަމަ އަށް ތައްޔާރީވާކަން ނޭންގުން، ކޮންދުވަހަކުން ކަމެއް ނޭންގެ ހުޅުވާލަނީއެއް، މުވައްޒަފުން ތިބީ ބްލޭންކްކޮށް،

ރާއީ ބުނެފައިވެއެވެ.

ޖުލައި 1 ގައި ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެކަންކަމަށް ސަރުކާރުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު މަޖިލީހުގެ ތެރެއިންވެސް އެކަންކަމުގެ ސަމާލުކަމަށް ދަނީ ގެންނަމުންނެވެ.

ރާއްޖެއަކީ ލަގްޒަރީބް ބްރޭންޑް އަކަށްވާއިރު ރާއްޖެ ހުޅުވާލަންވާނީ ކަންކަން ވަރަށް ފުރިހަމަ ކުރެވިގެންކަން ރާޢީ ފާހަގަ ކުރިއެވެ. އަވައްޓެރި ގައުމުތަކުގައި ހުރި ހޮޓެލް ޗެއިންތައް ނިއު ނޯމަލް އަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ މަންޒަރު ފެނިގެންދާއިރު ރާއްޖެއިން އެމަންޒަރު ފެނިގެން ނުދާކަން ރާއީ ފާހަގަ ކުރިއެވެ.

ރިޒޯޓްތައް އަލުން ފަތުރުވެރިންނަށް ހުޅުވާލަން ތައްޔާރުވަމުންދާއިރު އެރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް މަޖިލީހުގައި މެމްބަރު ރާއީ ވަނީ ހިއްސާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *