މުވައްޒަފަކު ޕޮޒިޓިވްވި ނަމަވެސް މަސައްކަތް މަޖިލިސް އިދާރާގައި ކުރިޔަށް ގެންދިއުން މުހިއްމު: ނަޝީދު

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ އިދާރާގައި ކުރިޔަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މެއިންޓަނަންސްގެ މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިދާރާގެ މެއިންޓަނެންސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށިއިރުވެސް އެފަދަ ކަމެއް ވެދާނެ ކަމަށް ބަލައި ދުރާލާ ފިޔަވަޅު އެޅިފައިވާ ކަމަށާއި ރޯގާއާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަކީ މަޖިލީހުގެ އަމާޒު ކަމަށް އެ ބަޔާނުގައިވެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރައްވާކަމަށް މަޖިލީހުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *