ރާއްޖެއަށް ސިއްހީ ސާމާނު ގެނައުމަށް އިންޑިއާ އިން ހުއްދަ ދީފި

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ކޮވިޑް19 ގެ ސަބަބުން އަވަށްޓެރި އިންޑިއާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމުން އެސްޓީއޯ އިން ގަނެފައިވާ ސިއްހީ ސާމާނުތައް ރާއްޖެ ގެނައުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އެސްޓީއޯ އިން އިންޑިއާ އިން ގަނެ، ބޯޑަރުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ރާއްޖެ ނުގެނެވިފައި ހުރި ބައެއް ސާމާނު ރާއްޖެ އަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި ކަމަށެވެ. އެ ސާމާނުގެ ތެރޭގައި ކޮވިޑް19 އަށް ޓެސްޓު ކުރަން ބޭނުންކުރާ ބައެއް ތަކެތި ހުރި ކަމަށް ވެސް ބުނެފައިވެއެވެ.

މީގެކުރިންވެސް އެސްޓިއޯ އިން ގަނެފައިވާ ގިނަ އަދަދެއްގެ ސިއްހީ ސާމާނުތައް ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި ވަނިކޮށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު އެގައުމުގެ އަސްކަރިއްޔާގެ މަތިންދާ ބޯޓަކުން ވަނީ އެތަކެތި ރާއްޖެ ގެނެސްދީފައެވެ.

އަދި މީގެއިތުރުން ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތަކަކީ އިންޑިއާ އިން އެތެރެކުރާ ބާވަތްތަކަށް ވާއިރު އެތަކެތިވެސް ރާއްޖެ އަށް މަދު ނުވާނެ ވަރަށް އެސްޓީއޯ އިން ވަނީ އިންޑިއާގެ އެހީތެރިކަމާއި އެކުގައި ރާއްޖެ ގެނެސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *