130 މީހަކު ބަލިން ރަނގަޅުވިއިރު 29 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ބިދޭސީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / އެމްއެންޑީއެފް

ރާއްޖެއިން އިތުރު 29 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 15 ބަންގްލަދޭޝްގެ މީހަކާއި، ނޭޕާލްގެ 9 މީހަކާއި، އިންޑިއާގެ ދެ މީހެއްގެ އިތުރުން، ދިވެއްސަކާއި، ފިލިޕީންސްގެ މީހެއްގެ އިތުރުން ވަކި ގައުމެއް އަދި މިހާތަނަށް އެނގިފައި ނުވާ މީހަކު މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިއާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2094 އަށް އަރާފައެވެ. ނަމަވެސް މިހާތަނަށް މިބަލި ޖެހުނު ގިނަ އަދަދެއްގެ މީހުން ރަނގަޅުވުމާއި އެކު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 414 މީހަކަށެވެ.

މިއަދު އެޗްޕީއޭ އިން ބުނީ 130 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 1670އަށް ވަނީ އަރާފައެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *