ރާއްޖޭގެ ޔޫސަބަލް ރިޒާވް 270 މިލިއަން ޑޮލަރަށްވުރެ ދަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ --

ރާއްޖޭގެ ޔޫސަބަލް ރިޒާވް، 270 މިލިއަން ޑޮލަރަށް ވުރެ ދަށަށް ވެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ބޭރު ފައިސާ އެންމެ ބޮޑަށް ރާއްޖެއިން ބޭރު ވެގެން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީން މަސައްކަތް ކުރުމަށްފަހު ރާއްޖެއިން ބޭރަށް އެފައިސާތައް ފޮނުވަމުން ދާތީ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ބިދޭސީން ރާއްޖެއިން ބޭރު ކުރާ ފައިސާ ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ހުންނަ ފައިސާގެ އަދަދަށް ވުރެ އެތައް ތަނެއް އިތުރުވާނެ ކަމަށެވެ.

"މިދަނޑިވަޅުގައި އަޅުގަނޑުމެން މި ބުނަނީ މިހާރު ވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި ނުހުންނާނެއޭ 270 މިލިއަން ޑޮލަރެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުނހް މިހާރު ބިދޭސީންނަށް ލިބެމުން އަންނަ ފައިސާ އިހުނަށްވުރެ އިތުރުވެގެން ދާނެ ކަމަށެވެ. އެކަމުގެ ސަބަބުން މިހާރު ރާއްޖެއިން ބޭރުކުރާ ފައިސާގެ އަދަދަށްވުރެ ގިނައިން ބޭރު ފައިސާ ރާއްޖެއިން ބޭރުވެގެން ދާނެ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2018ވަނަ އަހަރު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް 64.5 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 993 މިލިއަން ރުފިޔާ) ބިދޭސީން ވަނީ ބޭރަށް ފޮނުވައިފައެވެ.

ނަމަވެސް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް 75.1 މިލިއަން ޑޮލަރު (1.16 ބިލިއަން ރުފިޔާ) ބޭރުކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *