އުފާވެރި ޚަބަރެއް، ބަލި ޖެހިފައި ތިބި އަދަދު 500އަށް ތިރިވެއްޖެ

މަގުމަތިން ހިނގާފައި ދިޔަ މީހަކު ހުއްޓުވައި ސާންޕަލް ނަގަނީ-- ފޮޓޯ/ ހަތާވީސް

ރާއްޖޭގައި ކޮވިޑް19 ޖެހުނު 2000 ވުރެ ގިނަ މީހުންގެ ތެރެއިން، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 500އަށް ތިރިވެއްޖެއެވެ.

ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 515އެވެ. އަދި ބަލިން ރަނގަޅުވި އަދަދަކީ 1،540އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި ތަފާސްހިސާބުން ބަލިން ރަނގުވާ ނިސްބަތް އިތުރުވިނަމަވެސް، މިއަދު އެކަނި ވެސް 30 މީހަކަށް ބަލި ޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.

ކޮވިޑް19 ރާއްޖެއިން ޖެހުނު ޖުމްލަ އަދަދު 2،065އެވެ.

Leave a Reply

Your email address will not be published. Required fields are marked *