ހުޅުމާލެއިން 5 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ހުޅުމާލެއިން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި-- ފޮޓޯ/ ޕޮލިސް

ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާ އެކު، ތިން ދިވެއްސަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ހުޅުމާލެއިން އަތުލައިގެންފައިވަނީ 6.8 ކިލޯގެ ކެނަބިސްއެވެ. އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އެ މައްސަލައާ ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published.