ދައުލަތުގެ މުދާ ބޭނުން ކުރެއްވި މައްސަލާގައި ނަޝީދު ފައިސާ ދައްކަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރެއްވި ކަމަށް ބުނާ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެންގުމާ އެއްގޮތަށް މަޖިލީހުގެ އިދާރާއަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައިސާ ދައްކަވައިފިއެވެ.

ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން ރައީސް ނަޝީދަށް އެސީސީން އެންގީ މިދިޔަ ފެބްރުއަރީ މަހުގައެވެ.

މަޖިލީހުގެ އިދާރާގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ފައިސާ ދައްކާފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލަ އޭސީސީއަށް ހުށަހެޅީ އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލައަކާ އެކުގައި ކަން އެނގިފައިވާ ކަމަށާއި ނަމަވެސް ނިމުނީ އެއް މައްސަލަ ކަަމަށާއި އަނެއް މައްސަލައަށް ވީގޮތް ނޭނގޭ ކަމަށެވެ. ނަޝީދު އިޝާރާތް ކުރެއްވި ރައީސް ސޯލިހާ ގުޅޭ ގޮތުން އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައަކީ ކޮބައިކަން ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *