ޗުއްޓީއަށް ނުގޮސް، މަޖިލީހުގެ ދެ ވަނަ ދައުރު ކުރިއަށް ގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ނިންމައި ޗުއްޓީއަށް ނުދިނުމަށް ނިންމައި، ދެ ވަނަ ދައުރު ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޗުއްޓީއަށް ނުގޮސް، ދެ ވަނަ ދައުރު ކުރިއަށް ގެންދިއުމަށް ނިންމިކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެގޮތަށް ނިންމެވީ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށް ދަނީ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެއަށްފަހު އެއް މަސް ދުވަހުގެ ޗުއްޓީއަށް ދެއެވެ. ނަމަވެސް މިފަހަރު ޗުއްޓީއަށް ނުގޮސް، ދެ ވަނަ ދައުރު ފަށަން ވަނީ ނިންމާފައެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުން ފާސްކުރީ ހަތަރު ބިލެކެވެ. އަދި 15 ފަހަރެއްގެ މަތިން ވަޒީރުން ހާޒިރުކޮށްގެން ވަނީ ސުވާލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *