މި އަހަރު ހުޅުވި ފުރަތަމަ ރިސޯޓަކީ ބްރެނިއާ ކޮށްޓެފަރު

މި އަހަރު ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓުގެ ގޮތުގައި "ބްރެއިނާ ކޮއްޓަފަރު" ހުޅުވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ނުރަސްމީކޮށް ހުޅުވި އެ ރިސޯޓަށް ޓޫރިސްޓުން އަންނާނީ މިއަދު އެވެ. އަދި މި ރިސޯޓު ރަސްމީކޮށް ހުޅުވާނީ އަންނަ މާޗު މަހުގެ ތެރޭގަ އެވެ.

ރ. ކޮއްޓަފަރުގައި ތަރައްގީކޮށްފައިވާ ބްރެއިނާ ކޮއްޓަފަރު ރިސޯޓުގެ ސީނިއަ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިސޯޓު އެއްކޮށް ނިމި، ޓޫރިސްޓުންނަށް ހުޅުވާލި ނަމަވެސް ރިސޯޓު އެއްކޮށް ފުރިހަމަވާނީ މާޗު މަހުގެ ތެރޭގަ އެވެ.

"މާޗް މަހުގެ ނިޔަލަށް ރިސޯޓް ވަރަށް ފުރިހަމަ ވާނެ. ރާއްޖޭގެ އެންމެ ތަފާތު އެއް ރިސޯޓަށް ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބްރެއިނާ ކޮއްޓަފަރު ރިސޯޓަކީ ދިވެހި މެނޭޖުމަންޓަކުން ހިންގާ ރިސޯޓެވެ. މި ރިސޯޓުގެ އޯނަރަކީ ވެސް ދިވެސެކެވެ. މި ރިސޯޓުގައި 20 ކެޓަގަރީއެއްގެ ވިލާތައް ހުރެ އެވެ. މި ރިސޯޓުގައި ޖުމްލަ 190 ވިލާ ހަދާފައިވެ އެވެ. އޭގެތެރޭގައި ބީޗް ވިލާތަކާއި ވޯޓާ ވިލާތަކުގެ އިތުރުން ގާޑެން ވިލާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި މުވައްޒަފުންނަށް ހާއްސަ ގިނަ ވަސީލްތައް ވެސް ހިމަނާފައި ވެއެވެ.

ރިސޯޓުގެ އެންމެ ބޮޑު ތަފާތަކީ ރަށުގެ ފެހިކަމާއި ދިވެހި ވަންތަކޮށް ރަށް ފަރުމާކޮށްފައި ވުމެވެ. ރިސޯޓުގައި ދިވެހުންގެ ސަގާފަތް ފެންނަ ގޮތަށް އާޓްފެލަރީއެއް ވެސް ހަދާފައިވެ އެވެ. މި ގެލަރީގައި ދިވެހި އާޓިސްޓުންގެ 1،000 އަށްވުރެ ގިނަ ކުރެހުން ދައްކާލަން ބަހައްޓާފައި ވެއެވެ.

މީގެ އިތުރުން މި ރިސޯޓުގައި އެކި ގައުމުތަކުގެ މީހުންނަށް ހާއްސަ ކެއުންތައް ލިބޭ ރެސްޓޯންޓުތަކާއި ޖިމާއި ސްޕާތައް ވެސް ހުރެ އެވެ. މި ރަށުގައި ހަދާފައިވާ 18 ކޮޓަރީގެ ސްޕާ ވިލެޖަކީ ރާއްޖޭގައި މިގޮތަށް ހަދާފައިވާ ފުރަތަމަ ތަނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.