މިއަދު 10 މީހަކު ޕޮޒިޓިވްވިއިރު 24 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން މިއަދު ކޮވިޑް19 ޖެހުނީ 10 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ބަންގްލަދޭޝް ހަތް މީހަކާއި ނޭޕާލި ދެ މީހެއްގެ އިތުރުން ދިވެއްސަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2013 އަށް އަރާފައެވެ.

މީގެއިތުރުން މިއަދު ވަނީ މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު 24 މީހަކު މި ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1217 އަށް އަރާފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަނީ 786 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ ބިދޭސީންނަށެވެ. އޭގެތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަންގަލްދޭޝް 1065 މީހަކަށް ވަނީ ބަލި ޖެހިފައެވެ. ދިވެހިންގެ ތެރެއިން މިބަލި ޖެހިފައިވަނީ 701 މީހަކަށެވެ.

މިބަލީގައި މިހާތަނަށް 8 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *