ވައިގަދަވެ މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނެއްގެ ފާރެއް ވެއްޓިއްޖެ

ވައިގަދަވުމުގެ ސަބަބުން ފާރެއް ވެއްޓެނީ [ރަތް ކުލައިގެ ބޮޅުން ފާހަގަ ކުރެވިފައި ] ---

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގައި ރާނާފައި ހުރި ފާރެއް ވައިގަދަވުމުގެ ސަބަބުން ވެއްޓިއްޖެއެވެ.

ގަލޮޅު ރަތްވިލާ ގޯޅީގައި ހަދަމުން ދިޔަ އިމާރާތުގައި ރާނާފައި ހުރި އެ ފާރު ވެއްޓުނީ ދެ ގެއެއްގެ މައްޗަށެޗެ. އޭގެތެރެއިން އެއް ގެއަކީ ހަދަމުން އަންނަ އިމާރާތެކެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އެ ފާރު ވެއްޓުމުން ދެ ގެއަކަށް ގެއްލުންވި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އެ ހާދިސާގައި އަނިޔާ ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެ މައްސަލާގައި ފާރު ވެއްޓުނު އިމާރާތުގެ ވެރިފަރާތް އެކަމުގައި ޒިންމާވެ ސިޓީ ކައުންސިލާއި ގުޅިގެން އެކަން ހައްލު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމާރާތުގައި ޖަހާފައި އޮތް ޓިނު ގަނޑެއްވެސް ވަނީ ވިއްސައިގެން ގޮސްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވެ މުޅި ރާއްޖެއިން ޔެލޯ އެލާޓު ނެރެފައެވެ. ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރީ ގަޑިއަކު 25 މެއިލާއި 30 މެއިލާ ދެމެދުގެ ބާރު މިނުގައެވެ. އަދި ވިލާގަނޑުގައި 55 މެއިލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *