ކާށި ހޮވަން ދިޔަ ބަޔަކު ފަޅު ރަށެއްގައި ތާށިވެއްޖެ

ކަނޑުމަތީގައި ކޯސްޓު ގާޑު ހަރަކާތްތެރިވަނީ --

ކާށި ހޮވަން ހދ. ކުމުންދުއިން އެ އަތޮޅު މައިވައިދުއަށް (ފަޅު ރަށެއް) ދިޔަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުން ނުފުރި ހާލުގައި ޖެހިއްޖެއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ކުމުންދުއިން މައިވައިދުއަށް ދިޔަ ބަޔަކަށް އެ ރަށުން ނުފުރިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ނޮދަން އޭރިއާގެ އެހީތެރިކަމަށް މިއަދު ހަވީރު 17:45 އެހައިކަންހާއިރު އެދިފައިވާ ކަމަށެވެ.

އެ މީހުންނަށް ނުފުރިގެން އުޅުނީ މޫސުން ގޯސްވެ، ކަނޑުގަދަވުމާ ގުޅިގެންނެވެ. އަދި އެކަމާ ގުޅިގެން ކޯސްޓްގާޑުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި ހާލުގައި ޖެހުނީ ކާށި ހޮވަން ދިޔަ 10 މީހެއް ކަމަށެވެ. އެ 10 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި ތިން އަންހެނުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށް މިއަދު ހަވީރު 17:30ގައި ވަނީ ޔެލޯ އެލާޓު ނެރެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *