އާޒިމާ: ކެއްކުމުގައި ވެސް ފުންނާބު އުސް!

އައިޝަތު އާޒިމާ ޝަކޫރު (ވ) އަދި އޭނާގެ ބައެއް އުފެއްދުންތައް

ސަމާސާއެއް ނޫނެވެ. މަޖަލަކަށް ދައްކާ ވާހަކައެއް ނޫނެވެ. އާންދަނީ ހޯއްދެވުމަށް އެކަމަނާ މިހާރު ކުރައްވާ ކަމަކީ މިއީއެވެ. ދިވެހި ކެއުން ތައްޔާރު ކުރެއްވުމެވެ. ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރުގެ މިހާރުގެ މަސައްކަތަކީ އެއީއެވެ.

“ދެ މަސް ދުވަހުގެ ފުރަބަންދު ނިމިގެން މި ދަނީ ބަދިގޭގައި. ހެޔޮ ދުއާއަށްޓަކާ ٱلْحَمْدُ لِلَّٰهِ‎. ކައިރީގައި ވި މީހުންނާއި ދުރުގައިވި މީހުން ވެސް ހިމެނޭގޮތަށް،” ދޮލަގަކަށް ތެލުލިފަތް ބަރުކޮށްގެން، އިންނެވި ފޮޓޯއެއް ފޭސްބުކަށް ދޫކުރައްވަމުން، އާޒިމާގެ ލިޔުއްވާފައިވެއެވެ.

އާޒިމާގެ އަމިއްލަ ނަންފުޅުގައި އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރައްވާފައިވާ ވިޔަފާރިއަށް ދީފައިވާ ނަމަކީ “އާމިނާދިސް”އެވެ. އެކަމަނާގެ މަންމާފުޅަށް ނިސްބަތްވާ އެ ނަން ރަޖިސްޓްރީ ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދިވެހި އުފެއްދުންތަކާ އެކު، “އާމިނާދިސް – ޓްރޫލީ މޯލްޑިވިއަން”ގެ އައުޓްލެޓް ހުޅުއްވީ މިއަހަރުގެ ޖެނުއަރީމަހު، ހުޅުމާލޭގައެވެ.

ފުރަބަންދަށްފަހު، ހޯމަ ދުވަހު އާޒިމާގެ ވިޔަފާރި އަލުން ފަށާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. މަސްމިރުހާއި ތެލުލިފަތާއި ތެލުލި ރިހާކުރުގެ އިތުރުން ކުކުޅު ހަވާދު ވެސް ހޯމަ ދުވަހަށް ވަނީ ފައްކާކޮށްފައެވެ. ފޮޓޯތަކާއި ކުރު ވީޑީއޯ ކްލިޕްތައް ފޭސްބުކާއި އިންސްޓަގްރާމަށް ވަނީ ދޫކުރައްވައެވެ.

 

View this post on Instagram

 

Try our Theluli Faiy .. available from our shop on Monday .. visit us or call us for delivery 7936163 💞💞

A post shared by Aminadhi’s (@aminadhis) on


އާޒިމާގެ އައުޓްލެޓުން އެންމެ ތަފާތުކޮށް ފެންނަނީ ކުޅި މިރުސް ސޯހެވެ. ދިވެހި ގިތެޔޮމިރުސް އަޅައިގެން ހަދާފައިވާ ސޯސް ބިންލޫރިފުޅީގައި ބަންދުކޮށް، ޑެލިވަރީ ވެސްކޮށްދެއެވެ.

 

View this post on Instagram

 

Aminadhi’s Hot Chilli Sauce made from fresh githeyo mirus. Order yours today and put and end to that hot craving. 7936163

A post shared by Aminadhi’s (@aminadhis) on


އެކި މުނާސަބާތަކާ ދިމާކޮށް، ހަދިޔާގެ ގޮތުގައި ދެވިދާނެ ލުއިކާނާ ވެސް އެކަމަނާ ތައްޔާރު ކުރައްވައެވެ. ކަކިޔެކޮ ހަލްވުވާ އާއި މުޑިކާށިހަލުވާ އާއި ކުއްޅަވައް ހައްވާފަދަ މީރު ލުއި ކާތަކެތިން އެކި ބައްޓަން ހަދައި، ރީތިކޮށް، ނަލަކޮށް، ޖަރީކޮށްފައިހުރެއެވެ. ޕެކްކޮށްފައި ހުންނަލެއް މާ ފުރިހަމައެވެ.


“އާމިނާދިސް” އައުޓްލެޓުން ބިރިޔާނި އާއި ކަނޑުމަހު މުސަންމާ އާއި ބަކަރި ކިހިރިހަ އާއި ޕާޓީތަކާއި އެކި މުނާސަބާތަކަށް ކާއެއްޗެހި ތައްޔާރުކޮށްހަަދައެވެ. ތަފާތަކީ ކޮންމެ އެއްޗެއް ތައްޔާރު ކުރިޔަސް، ދިވެހި ކުލަ އާއި ރަހަ ޖައްސައެވެ.

 

View this post on Instagram

 

Our Thursday Night Specials .. 💖💖

A post shared by Aminadhi’s (@aminadhis) on


އާޒިމާ މިހާރު މި ފެންނަނީ މުޅިން ތަފާތުކޮށެވެ. އެކި ދާއިރާތަކުން ގިނަ ހިދުމަތްތަކެއް ކުރެއްވުމަށްފަހު، މިހާރު އަވަދިނެތި އެ އުޅުއްވަނީ އަނެއްކާވެސް ތަފާތު މަސައްތެއްގައެވެ. ގެއްލިގެންދާ ދިވެހި ރަހަ، އޭގެ އަސްލު މަގާމަށް ގެންގޮސްދެނީއެވެ.

އާޒިމާ: ފުރަބަންދުގައި ހޭދަ ކުރެއްވީ ބަދިގޭގައި

ޤާނޫނީ ފަންނުގައި ރާއްޖޭގައި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އާޒިމާ މިހާރު އެ ވަޑައިގަންނަވީ ކެއްކުމުގައި ވެސް އުހަށެވެ. ފުންނާ އުސް ކައްކާއެކޭ ވެސް ބުނެވިދާނެއެވެ. އެދެނީ ކާމިޔާބަށެވެ.

8 thoughts on “އާޒިމާ: ކެއްކުމުގައި ވެސް ފުންނާބު އުސް!

  1. Varah kaa hiy vegen agu ahaalan baeh faharu.. thi ee kee aadhaige fenvaruge meehakah ehchehi ganevey fenvaruge thaneh noon.. enme sauce fulhi ehves 300 ah

  2. You are great Azima. Zulfa ey kiyaafa ein commentaky alhugandeh nun igeytho. Alhugandaa nubeheykankamah anga naanaa meeheh nun alhugandaky. Kamanaage tjiya heevaavikan feni j vanee bayakumyhun

Leave a Reply

Your email address will not be published.