ގަވާއިދާއި ހިލާފަށް އުޅޭ އިތުރު 200 ބަންގްލަދޭޝް މީހަކު ފުރުވާލައިފި

މޯލްޑިވިއަންގެ ފްލައިޓުގައި އަނބުރާ ގައުމަށް ފޮނުވާލި ބަންގްލަދޭޝްގެ ބަޔަކު---

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ.

މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިއާއެކު، ފްލައިޓުތަކުގައި ބަންގްލަދޭޝަށް އަނބުރާ ފޮނުވާލި މީހުންގެ އަދަދު 2،100 އަށް ވަނީ އަރާފައެވެ.

ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިއަދު ވެސް ރާއްޖެއިން ފުރާފައިވާއިރު، ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑަށް ބޮޑުވެފައިވަނީ ވެސް ބިދޭސީންގެ މެދުގައެވެ.

ބިދޭސީންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން އެގައުމުގެ 1046 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *