އައްޑޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީގެ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖުގައި ކަރަންޓީން ކޮށްފައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އުމުރުން 65 އަހަރުގެ އެ އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވްވިއިރު އެމީހާގެ ހާލަތު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ އަށް ފަރުވާ ދޭނީ އައްޑޫގައި ބަހައްޓައިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމީހާއާ އެއް ކޮޓަރިއެއްގައި އެމީހާގެ މާމަ ދަރިއަކު ހުރިއިރު އެ ކުއްޖާގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މިއީ އައްޑު އިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1976 އަށް އަރާފައެވެ. އަދި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1153 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް މި ބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *