32 މީހަކު ބަލިން ރަނގަޅުވިއިރު އިތުރު 14 މީހަކު ޕޮޒިޓިވްވެއްޖެ

ކަރަންޓީން ފެސިލިޓީތަކަށް ރާއްޖެއިން ބޭރުން އައި ދިވެހިންތައް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެގެ އިރުއޮއްސި 18:00 އިން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް އައިރު ފަސް ދިވެހިންނާއި ބަންގްލަދޭޝް 8 މީހެއްގެ އިތުރުން ސްރީލަންކާ މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1976 އަށް އަރާފައެވެ. މިއާއިއެކު

އެޗްޕީއޭ އިން ބުނީ އިއްޔެ އިރުއޮއްސި 18:00 އިން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް އައިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 32 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1153 އަށް އަރާފައެވެ. މިއާއިއެކު ރާއްޖެއިން މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 813 މީހެކެވެ. ރާއްޖެއިން މިފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް މި ބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *