އާމްދަނީން ޓެކްސް ނަގަން ފެށި ފުރަތަމަ މަހުވެސް 19 މިލިއަން ލިބިއްޖެ

ދައުލަތުގެ ޓެކްސް އިދާރާ އިނެލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ---

އިންކަމް ޓެކުހުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފެށި ފަހުން ދައުލަތަށް 19 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް މިދިޔަ މަހުގެ އާމްދަނީގެ ގޮތުގައި ލިބުނީ 206.28 މިލިއަން ރުފިޔާއެވެ. އޭގެތެރެއިން އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީ ހިއްސާ ކުރާއިރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ.

އެގޮތުން އިންކަމް ޓެކުހުން 19 މިލިއަން ރުފިޔާ ދައުލަތަށް މިދިޔަ މަހުގެ ތެރޭގައި ލިބުނުއިރު އެއީ ދައުލަތަށް ލިބުނު އާމްދަނީގެ 9.7 ޕަސެންޓެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 1.4 މިލިއއަން ރުފިޔާ ލިބުނުއިރު ނަން ރެޒިޑެންޓް ވިލްހޯލްޑިން ޓެކުހުގެ ގޮތުގައި 16.4 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މިއަހަރުގެ ޖެނުއަރީން ފެށިގެން މުސާރަ، އުޖޫރަ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީން ޓެކްސް ނަގަން ފެށި ނަމަވެސް ފަރުދުންނަށް ލިބޭ މުސާރަ،އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފެށީ އޭޕްރީލް މަހުން ފެށިގެންނެވެ.

ފަރުދުންގެ އާމްދަނީން ޓެކްސް ނަގާ ފަސް ބްރެކެޓު:

* 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ – 0 ޕަސެންޓް.
* 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
* 100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
* 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
* 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

މިއަހަރުގެ ބަޖެޓުގައި އިންކަމް ޓެކުހުން 450 މިލިއަން ރުފިޔާ އަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. މުއްސަނދިންނާއި ފަގީރުންގެ ފަރަގު ނައްތާލުމަށް އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *