މިދިޔަ މަހު ދައުލަތަށް ލިބުނީ 206.28 މިލިއަން ރުފިޔާ

މީރާގެ ހިދްމަތް ދިނުން/ފޮޓޯ- މީރާ

ނިމިދިޔަ މެއި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިގެން ދިޔައީ 206.28 މިލިއަން ރުފިޔާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، އިންލެންޑު ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.

މީރާއިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތަށް 206.28 މިލިއަން ރުފިޔާ ލިބުނުއިރި ޑޮލަރުގެ ގޮތުގައި ލިބުނީ 7.03 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ލިބުނު އަދަދަށްވުރެ 81 ޕަސެންޓުގެ ދަށް އަދަދެއް ކަމަށްވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާ ބޮޑަށް އާމްދަނީ ދަށަށް ދިޔަ ސަބަބެއް ކަމަށް މީރާއިން ހާމަ ކޮށްފައިވަނީ ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުންކޮށް ޓެކްސްގެ ސުންގަޑިތައް އިތުރު ކޮށްދީފައިވާތީ ކަމަށެވެ.

މިދިޔަ މަހުވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ލިބުނު އާމްދަނީގެ 55 ޕަސެންޓު ހިއްސާ ކުރަނީ ޖީއެސްޓީ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވަނީ އިންކަމް ޓެކުހުންނެވެ. އެގޮތުން ލިބުނު އާމްދަނީގެ 9.7 ޕަސެންޓު ހިއްސާ ކުރަނީ އިންކަމް ޓެކުހެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓްފީގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 8.2 ޕަސެންޓެވެ. ޖުމްލަ އާމްދަނީގެ އަށް ޕަސެންޓް ހިއްސާ ކުރަނީ އެއާޕޯޓް ސާވިސް ޗާޖެވެ. އެއީ 16.6 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމް ލޭންޑް ޓެކުހުގެ ގޮތުގައި މިދިޔަ މެއި މަހު 11.9 މިލިއަން ރުފިޔާ ލިބުނު އިރު މިއީ ޖުމްލަ އާމްދަނީގެ 5.8 ޕަސެންޓެވެ.

Leave a Reply

Your email address will not be published. Required fields are marked *