ކޮވިޑާއި ގުޅިގެން އީޔޫ އިން ރާއްޖެއަށް އިތުރު އެހީތަކެއް ދެނީ

(އީޔޫ) ގެ ހައި ރެޕްރެޒެންޓެޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަން ގެ ނައިބު ރައީސް ފެޑެރިކާ މޮގުރީނީ އާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް ސޯލިހު

ކޮވިޑް-19 އާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް އިތުރު އެހީތައް ދިނުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫގެ ހާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯސެޕް ބޮރެލް އާއި ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އަދި އެ މަޝްވަރާގައި އީޔޫއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހާތަނަށް އީޔޫ އިން ރާއްޖެއަށް ކޮވިޑް19 އާއި ގުޅިގެން ތިން މިލިއަން ޔޫރޯ ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ  ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް މެދުވެރިކޮށް ރާއްޖެ އަށް އިތުރު އެހީތައް ދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ގިނަ ޖަމިއްޔާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ޖަޕާނުގެ އެހީގައި ޔުނިސެފުން ރާއްޖެއަށް އެހީވެދީފައިވާއިރު ވޯލްޑު ބޭންކުން ވެސް ވަނީ ރާއްޖެ އަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *