އާތިފާގެ އިސްތިއުފާ އަކީ ގައުމަށް ލިބުނު ގެއްލުމެއް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ- މިހާރު

މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އާތިފާ ޝަކޫރު އެ މަގާމުން އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެން ދިޔަ ގެއްލުމެއް ކަމަށް އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާތިފާއަކީ ހިތްވަރު ގަދަކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އާތިފާ އެމަގާމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުންނެވެ.

އާތިފާ އިސްތިއުފާ ދެއްވުމުން ރައީސް ސޯލިހު މިއަދު ވަނީ ހައުސިން މިނިސްޓްރީ އުވާލައްވާފައެވެ. އަދި ހައުސިން މިނިސްޓްރީ އުވާލައްވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ވަނީ ބަދަލު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *