ހައުސިން މިނިސްޓްރީ އުވާލައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓު: ފޮޓޯ / ރައީސް އޮފީސް

މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލައްވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީ އުވާލައްވާފައި މިވަނީ ހައުސިން މިނިސްޓަރު ކަމަށް ރައީސް ސޯލިހު އައްޔަން ކުރެއްވި އާތިފާ ޝަކޫރު އެ މަގާމުން ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައި ވަނިކޮށް އެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކާއި ދޭތެރޭ ބަހުސް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ހައުސިން މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވީ މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ވެސް އެކަމަނާ އަށް ދިމާވެފައިވާ ސިއްހީ މައްސަލައަކާއި ގުޅިގެންނެވެ. މިވަގުތު އެކަމަނާ އަށް އެފަދަ ބޮޑު ޒިންމާއެއް އަދާ ކުރެއްވުމަށް ސިއްހީ ހާލަތު ތަނެއް ނުދެއެވެ.

ހައުސިން މިނިސްޓަރުގެ މަގާމަށް އާތިފާ އައްޔަން ކުރެއްވީ ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ ސްލޮޓެއްގައެވެ. އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ. އެޕާޓީ އަށް ސަރުކާރުން 20 ޕަސެންޓު ވަނީ ދީފައެވެ. އެ 20 ޕަސެންޓުގެ ތެރޭގައި ހައުސިން މިނިސްޓްރީވެސް ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *