އަނެއްކާވެސް ޗައިނާއިން ރާއްޖެއަށް ސިއްހީ ސާމާނުތަކެއް ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިއްހީ ސާމާނުތައް ---

ކޮވިޑް19 އާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ސިއްހީ ސާމާނު ފޯރުކޮށްދީފިއެވެ. މީގެކުރިންވެސް ޗައިނާއިން ވަނީ ރާއްޖެއަށް އެތައް ސާމާނެއް ހަދިޔާކޮށްފައެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ މިއީ ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތިންވަނަ ބެޗް ކަމަށެވެ.

އެގޮތުން ޗައިނާ އިން މިއަދު ރާއްޖެ ގެނެސްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 5،000 ފޭސް މާސްކާއި، 5،000 ސާޖިކަލް މާސްކު، 5،000 ޑިސްޕޯސަބަލް ކަވަރޯލްގެ އިތުރުން 5،000 މެޑިކަލް ގޮގުލްސް އެވެ.

ކޮވިޑް އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީީވުމުގެ ގޮތުން ޗައިނާގެ ސަރުކާރާއި އެގައުމުގެ ބައެއް ކުންފުނިތަކުން ވަނީ ރާއްޖެއަށް ސިއްހީ ގިނަ ސާމާނުތަކެއް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި ވެންޓިލޭޓަރާއި، މާސްކު ފަދަ ތަކެތި ހިމެނެއެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުން މިހާރު ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދޭން ވެސް ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *