މިއަދު 111 މީހަކު ރަނގަޅުވިއިރު 20 މީހަކު ޕޮޒިޓިވްވެއްޖެ

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން ކޮވިޑް19 އަށް މިއަދު 20 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި ހަތަރު ބަންގްލަދޭޝް މީހުން ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،962 އަށް އަރާފައެެވެ.

މީގެ އިތުރުން، އިތުރު 111 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން މިރޭ ވަނީ ހާމަކޮށްފައެވެ. އެއާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ، 1،121 އެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 825 އެވެ.

ރާއްޖެއިން އަންނަނީ މިހާރަކަށް އައިސް ދުވަހެއް ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ގިނަވަމުންނެވެ. މިހާތަނަށް ރާއްޖެއިން މިބަލި އެންމެ ގިނައިން ޖެހިފައިވަނީ ބިދޭސީންނަށެވެ.

މި ބަލީގައި ރާއްޖެއިން މަރުވީ 8 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *