ހދ. ޖުޑީޝަލްގެ އިސް މެޖިސްޓްރޭޓު ގޭގައި މަޑުކުރަން އަންގައިފި

ޖޭއެސްސީގެ ބައެއް މެމްބަރުންގެ ބައްދަލުވުމެއް/ ފޮޓޯ- ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު މައުސޫމް 60 ދުވަހަށް ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ 40ވަނަ ބައްދަލުވުމުގައި ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ ބަލާފައެވެ. އަދި މައުސޫމު ފާޅުގައި ރިޝްވަތު ނަންގަވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް މައްސަލަތަކެއް ޖޭއެސްސީން ވަނީ ތަހުގީގު ކޮށްފައެވެ.

މި ތަހުގީގު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިއާޔަތްކޮށް، މިމައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25ވަނަ މާއްދާގެ ދަށުން އިސް މެޖިސްޓްރޭޓް މައުސޫމު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާއަށް އެންގުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *