މިހާތަނަށް ކޮވިޑާއި ގުޅިގެން 923.2 މިލިއަން ރުފިޔާ ހަރަދުކޮށްފި

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް ކޮވިޑް19 އަށް ކޮށްފައިވާ ޖުމްލަ ހަރަދު 923.2 މިލިއަނަށް އަރަައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުން 612 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 142.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު، ޕްލޭނިން މިނިސްޓްރީން ވަނީ 29.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް މި ތަކެތި ހޯދަން މިހާތަނަށް 450.3 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ. ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްގީ ކުރުމަށް 177.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު އުޅެނީ 1942 ގައެވެ. ނަމަވެސް ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 1000އަށް އަރާފައެވެެ.

Leave a Reply

Your email address will not be published. Required fields are marked *