ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުނީ އެ ކުއްޖާ އަށް ބަޔަކު އުނދަގޫ ކުރާ މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުން ފުލުހުން އެކަން ހިނގައިދިޔަ ގޮތް ބެލި ކަމަށާއި އެކަން އިތުރަށް ބެލި ބެލުމުން އެކުއްޖާ އަށް އެކިފަހަރު މަތިން ބައެއްގެ ޖިންސީ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން ފާހަގަކުރެވުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އިއްޔެ 28 އަހަރާއި 37 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ މައްސަލަތަކެކެވެ. ނަމަވެސް ކުއްޖާ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް އަދި ނަން ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *