ބްރޯޑްކޮމް އަށް އަނާ އައްޔަން ކުރުމަށް ފާސްކޮށްފި

އަނާ ---

ބްރޮޑްކާސްޓިން ކޮމިޝަން، (ބްރޮޑްކޮމް)ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ވީޓީވީގެ ސީނިއާ އެޑިޓަރުގެ މަގާމުގައި ހުރި އާމިނަތު އަމީނާ (އަނާ) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި މަގާމަށް އަނާ އައްޔަން ކުރުމަށް ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ.

މިނިވަން މުއައްސަސާތަކާއި ބެހެ ކޮމެޓީން ތަޅުމަށް ނަންތައް ތަރުތީބު ކޮށްފައި ފޮނުވިއިރު ލިސްޓުގެ އެންމެ ކުރީގައި އޮތީ އަނާއެވެ. ދެވަނަ އަށް އޮތީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންއެވެ. އަނާގެ ނަން ކޮމެޓީން ފާސްކުރިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތް މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހީމްގެ ނަން މިނިވަން މުއައްސަސާތަކާއި ބެހެ ކޮމެޓީން ވަނީ ކަޓުވާލައިފައެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު 15 ނަމެއް ފޮނުވިއެވެ. ރައީސް ފޮނުވި ލިސްޓުގައިވެސް ދެވަނަ އަށް އޮތީ އަނާގެ ނަމެވެ.

Leave a Reply

Your email address will not be published. Required fields are marked *