ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ ވަކިކުރުމަށް އެދި ނަޝީދަށް ސިޓީއެއް

ހައުސިން މިނިސްޓަރު އާތިފާ ---

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ ޝުކޫރު ވަކި ކުރުމަށް އެދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

ރައީސް ނަޝީދަށް މި ސިޓީ ފޮނުވާފައި ވަނީ އެމަނިކުފާނު މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ދާއިރާ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހީމް ރިޔާޒުއެވެ. ރިޔާޒުގެ ސިޓީގައި ބުނެފައިވަނީ އާތިފާއަކީ އެކަމަނާ އަށް ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާބިލު ބޭފުޅެއް ނޫން ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ރައްޔިތުން ވޯޓުދިން ސަބަބަކީ ބޯހިޔާވެހި ކަމުގެ ވައުދުތައް ކަމަށެވެ. ނަމަވެސް ވެރި ކަމަށް ދޮޅު އަހަރު ވެގެން ދިޔަ އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އެ ސިޓީގައި ވެއެވެ.

އަދި ގޯތި ދޭނޭ ޕްލޭނެއްވެސް އެކުލަވާލައި އާއްމު ކޮށްފައި ނުވާ ކަމަށާއި، ހުޅުމާލޭގައި ބިނާކުރެވިފައިވާ ފްލެޓްތައްވެސް ހައްގުވެރިންނާއި ހަވާލު ކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކޮށް ހާލުގައިޖެހިފައިވާ ފަރާތްތަކާއި ބޯހިޔާވެހިކަމުގެ އުއްމީދުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ހޯދާ ދިނުމުގައި މިނިސްޓަރު އާތިފާ ނުކުޅެދިފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އަދި މަޖިލީހުން އިސް ނަގައިގެން މިނިސްޓަރު ޖަވާބުދާރީ ކުރުވަން މަސައްކަތްކޮށްފައިވީ ނަމަވެސް، ބަޔާން ބަދަލުކުރައްވައި ރައްޔިތުންނަށް އޮޅުވާލެއް ވުމަށް މިނިސްޓަރު މަސައްކަތް ކޮށްފައިވާ ކަަމަށްވެސް އެ ސިޓީގައިވެއެވެ. އެހެންކަމުން މިނިސްޓަރު އާތިފާ އެ މަގާމުން ވަކިކޮށް ގާބިލު މިނިސްޓަރަކު އެ ވުޒާރާއަން އައްޔަން ކުރުމަށް އެ ސިޓީގައިވެއެވެ.

މިނިސްޓަރު ކަމުން އާތިފާ ވަކި ކުރުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައިވާއިރު މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި އެކަމަނާ ވަނީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓު އަންނަ މަހު ހަވާލުކުރަން ފަށާނެ ކަމަށް ވިދާޅުވެ ފަހުން އެއީ އޮޅުމަކުން ވިދާޅުވެވުނު އެއްޗެއް ކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކަމަނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *