ރާއްޖެއިން މިއަދު ޕޮޒިޓިވްވި 18 މީހަކު، 98 މީހަކު ވަނީ ބަލިން ރަނގަޅުވެފައި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 18 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ރާއްޖެއިން ހަތް ދިވެއްސަކާއި ބަންގްލަދޭޝް ފަސް މީހުންގެ އިތުރުން އިންޑޮނޭޝިއާ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1916އަށް ވަނީ އަރާފައެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 98 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މިއާއިއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލި ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 925އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. އެގޮތުންވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް އެންމެ ގިނަ މީހުންނަކީ ދިވެހިންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *