މިނިސްޓަރު އަލީ ވަހީދު ރާޅުތައް މިއޮތް "ކަފަނީ"!

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ތަފާތު ފޮޓޯތަކެއް

ފަތުރުވެރިކަން އޮތީ ހުއްޓިފައެވެ. މަޑުޖެހިފައެވެ. ކޮވިޑުގެ ގަދަ ވިއްސާރައިގައި ޖެހި، އޮތީ ހިރިނުލެވިފައެވެ. ބޯވިލާތައް ބޮބާލައި، އުޑުމަތިން އަލިވާން ދަނީ ތައްޔާރުވަމުންނެވެ. އެ ދުވަސް ކައިރިވަނީއެވެ. އަރާ ހަމަކުރަނީއެވެ. މި ފޮޓޯތަކުން މި ފެންނަނީ އެކަމަށް "ވޯމްއަޕް" ޖެއްސުން ކަމަށް ވެސް ވެދާނެއެވެ.

ޓޫރިޒަމް މިނިސްޓަރު ގަދަ ވިއްސާރައިގައި އިންޖީނު އެޅި ރިބް ޑިންގީއެއް ދުއްވަނީ-- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ސޯޝަލް މީޑީއަށް ދޫކޮށްލާފައިވާ ފޮޓޯތަކުން ފެންނަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގަދަ ވިއްސާރާގައި ރިބް ޑިންގީއެއްގައި ރާޅުތައް ކަފަމުން ދުއްވާ މައްޒަރެވެ. ތަފާތު މަންޒަރެކެވެ. ވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން މިކަހަލަ މަންޒަރު ފެނުން ވަރަށް މަދެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކަޅުކުލައިގެ ގަމީސް އާންމުކޮށް ތުރުކުރައްވާ މިނިސްޓަރު އަލީ ވަހީދު ވާރޭއާ ތެމިގެން، އެ ކުޅުއްވީ ފިލްމެއް ނޫނެވެ. ޖުލައި މަހު ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާތީ ފަތުރުވެރިންނަށް ދައްކާނެ، ރީތި މަންޒަރެއް ކުޅެލީއެވެ.

ޓޫރިޒަމް މިނިސްތަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީން މިރޭ އާންމު ކުރި ކުރި ވީޑިއޯގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972ގައި ކަމަށާއި އަނެއްކާވެސް އަންނަ ޖުލައި މަހު ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާނެ ކަމަށެވެ. ފޮށިބަނދެގެން ރާއްޖެ އައުމަށް ތައްޔާރުވުމަށާއި "ސަން ޑެފިނިޓްލީ ވިލް ޝައިން އެގެއިން" ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ ތަފާތު ފޮޓޯތަކާ އެކު، މެސެޖުތަކެއް ދޫކޮށްލާފައި ވަނީ ޓޫރިޒަމް އަލުން ނަގާ ކޮޅަށް ޖެހުމަށް ދުނިޔޭގެ މަޝްހޫރު މީހުންގެ އެހީތެރިކަމާއެކު ހާއްސަ ޕްރޮމޯޝަނެއް، ފޭސްބުކް މެދުވެރިކޮށް މިރޭ ކުރިއަށް ގެންދިޔަ ވަގުތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *