ގުރުއާން ޓީޗަރެއް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށްބުނާ މައްސަލައެއް

ޖުމްހޫރީމައިދާން ސަރަހައްދު --

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ގުރުއާން ޓީޗަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ގުރުއާން ކުލާހެއް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދަރިވަރުންނަށް (18 އަހަރު ނުފުރޭ ކުދިންތަކަކަށް) ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް މި މަހުގެ 6ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުދިންގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.