ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ވަރިކޮށްފި

ފެމެލީ ކޯޓު: ފޮޓޯ / އަވަސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެވެރިކޮށް ދެމަފިރިން ވަރިވެއްޖެއެވެ.

ފެމެލީ ކޯޓުން އަންނަނީ ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވުމާއި ގުޅިގެން އޮންލައިންކޮށް އެ ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮންލައިންކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކޮށްދެމުން ދާއިރު މިފަހަރު މިވަނީ ވަރިވުމަށް ބޭނުންވާ ދެމަރިފިއަކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަރިވެސް ކޮށްދީފައެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް [ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް] ދެމަފިރިއަކު ވަރިވި ފުރަތަމަ ފަހަރެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމެލީ ކޯޓުން ވަރި ކޮށްދޭން ފަށާފައި މިވަނީ މިއަދުއެވެ.

އެކޯޓުން ބުނީ ކޯޓުން ބޭރުގައި ކޮށްފައިވާ ވަރި ސާބިތުކުރުމުގެ ޝަރީއަތްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށްޓަކާ ވާންހުރި ތައްޔާރީތައްވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ކޯޓުތަކުން މިހާރު އަންނަނީ ބާއްވަން ޖެހޭ ޝަރީއަތްތައް އޮންލައިންކޮށް ބާއްވަމުންނެވެ. އަދި ހައިކޯޓާއި ސުޕްރީމް ކޯޓުން އަންނަނީ މިފަދަ ބައެއް ޝަރީއަތްތައް ލައިވްވެސް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *