މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ދެ ދިވެހިން

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ އެންމެ ދެ މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ދެ ދިވެހިން ކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1903އެވެ. ރާއްޖެއިން މިއަދު ދެ މީހަކު ޕޮޒިޓިވްވިއިރު މިއަދު ވަނީ މިބަލިން 64 މީހަކު ރަނގަޅުވެސްވެފައެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މުޅި ޖުމްލަ 827 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. އެގޮތުންވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް އެންމެ ގިނަ މީހުންނަކީ ދިވެހިންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published.