"ހިޔާ މަޝްރޫއު"ގެ ދަށުން އަޅާފައިވާ ފްލެޓުތަކަކީ ކޮތަރު ކޮށިތަކެއް: ނަޝީދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ ސަން

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ “ހިޔާ މަޝްރޫއު”ގެ ފްލެޓްތަކަކީ "ކޮތަރަ ކޮށިތަކެއް" ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަފައިވާ ފްލެޓުތައް އަޅާފައިވަނީ 500 އަކަފޫޓު ކުދި ކޮތަރަ ކޮށިތަކެއް ގޮތަށް ކަމަށެވެ. އޭގެއިން ތަނެއްގެ އަކަފޫޓަކަށް 1900 ރުފިޔާ ހަރަދުކޮށްފައިވާއިރު ކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ދެކޮޅު ޖައްސާނީ ކިހިނެއްތޯ ނަޝީދު ވަނީ ސުވާލު އުފައްދާފައެވެ. އެ ޓްވީޓުގައި ނަޝީދު ވަނީ ފްލެޓުތަކުގެ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. ފާޑު ވިދާޅުވެ ނަޝީދު ވިދާޅުވީ އެއީ ދަރަނި ދަންތުރައިގެ ފޮޓޯއެއް ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ “ހިޔާ މަޝްރޫއު”ގެ ފްލެޓްތައް އަންނަ މަހު ފަހުކޮޅު ހަވާލުކުރެވެން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވުމަށްފަހު އެފަދައިން އެކަމަނާ އަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ފަހުން ވިދާޅުވެފައި ވަނިކޮށެވެ.

ހިޔާ މަޝްރޫއުގެ ދަށުން މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ވަނީ 25 ބުރީގެ 16 ޓަވަރު ހުޅުމާލޭގައި އިމާރާތްކޮށްފައެވެ. އެ ޓަވަރުތަކުން 6،860 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *