ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 1901އަށް

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން އިތުރު 18 މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންގެ އިތުރުން ސްރީލަންކާ އަދި ނޭޕާލް މީހެއް ކަމަށެވެ. ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން ހަތް މީހުންނަކީ އިންޑިޕެންޑެންޓް ކޭސްތަކެވެ. އަދި ބިދޭސީންގެ ތެރެއިން ތިން މީހުން ވެސް ނިސްބަތްވާ ކުލަސްޓާއެއް އަދި ނޭނގެއެވެ.

މި 18 މީހުންނާއި އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1901އަށް ވަނީ އަރާފައެވެ.

މީގެއިތުރުން މިއަދުވެސް ވަނީ ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެސް ވެފައެވެ. އެގޮތުން މިއަދު 46 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއިއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 763 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން މިބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *