ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 8އަށް

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

ރާއްޖެއިން ކޮވިޑް19 ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ހެނދުނު 9:25 ހާއިރު ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހެއް މަރުވެފައިވާ ކަމަށެވެ.

އެމީހާއަކީ ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން ކްރިޓިކަލް ހާލަތުގައި އޮތް މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި މީހާއާ އެކު މިހާތަނަށް 8 މީހަކު ވަނީ މިބަލީގައި ރާއްޖެއިން މަރުވެފައެވެ.

އިތުރު މީހަކު މި ބަލީގައި މަރުވިއިރު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 717 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *