މަޖީދީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެ

އަލިފާން ރޯވި ފިހާރައާ ދިމާލުން ދުން އަރަނީ ---

މަޖީދީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އަލިފާން ރޯވީ މަޖީދީ މަގުގައި ހުންނަ "އެކްސީޑު" ފިހާރައިގެ ދެވަނަ ބުރީގައި ކަމަށެވެ. އަދި މިހާރު އަލިފާންގަނޑުގެ 90 ޕަސެންޓު ފަޔާ ޓީމުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:00 އެހާއިރު ކަމަށެވެ. އާޒިމް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ޓީމުން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *