މާމިގިލި އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަމަޖެއްސުމަށް ހުށަހަޅައިފި

ޓްރާންސޯޓު މިނިސްޓަރު އަދި ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާ މާމިގިލި އެއާޕޯޓަށް ފައިބައިވަޑައިގަންނަވާއިރު ފިރިކަލުން އިސްތިގުބާލުގައި ---

ޓްރާންސްޕޯޓު މިނިސްޓަރުގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕުން ހިންގަމުން އަންނަ މާމިގިލި އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓަކުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަމަޖެއްސުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މާމިގިލި އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަމަޖެއްސުމަށް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަކުރަމުުން އަންނަ ކަމަށެވެ.

"މިހާރު އަނެއްކާވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަންޏާ އަަޅުގަނޑުމެން ސިވިލް އޭވިއޭޝަންގެ ގައިޑްލައިނާ އެއްގޮތަށް ފޮލޯ ކުރަން ޖެހޭ ކަންތައްތަކެއް ވުމާ އެކު އެކަންތައްތައް ފޮލޯކުރަމުންދާ ވާހަކަ އަޅުގަނޑު އިއްޒަތްތެރި މެމްބަރުގެ މައުލޫމާތަށް ޓަކައި ދަންނަވަން،" ނަހުލާ ވިދާޅުވިއެވެ.

މާމިގިލި އެއާޕޯޓަކީ މީގެކުރިންވެސް އިންޓަނޭޝަނަލް އެއާޕޯޓެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓަކަށް އަނެއްކާވެސް ބަދަލުކޮށްފައެވެ. އޭގެފަހުން އެ އެއާޕޯޓު ހިންގަމުން އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *