އައްޑޫ ސިޓީ މީދޫ އިން އަންހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން އަންނަ މީހާ ---

އައްޑޫ ސިޓީ މީދޫ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު ހެނދުނު 7:30ގައި ގެއިން ނިކުމެގެން ދިޔަ ގޮތަށް އުމުރުން 52 އަހަރުގެ އަންހެނަކު އެނބުރި ގެއަށް އައިސްފައި ނުވާ މައްސަލައެއް މިރޭ 19:40 އެހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާގެ އާއިލާއިން ވަނީ އަންހެން މީހާގެ ފޮޓޯއާ އެކުގައި އަންހެން މީހާ ގެއްލިގެން އުޅޭ ކަމާއި އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރި ނަމަ ލަސްނުކޮށް އާއިލާ އަށް ހިއްސާ ކޮށްދިނުމަށް އެދި ސޯޝަލް މީޑިއާގައި އެކަން ހިއްސާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *