މިއަދު ޕޮޒިޓިވްވީ 11 މީހުން، 69 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 11 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ 8 ދިވެހިންނާއި ބަންގްލަދޭޝް ތިން މީހަކު މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883 އަށް އަރާފައެވެ.

މީގެއިތުރުން އެޗްޕީއޭ އިން ބުނީ ރާއްޖެއން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 69 މީހަކު ބަލިން ރަނގަޅުވެސް ވެފައިވާ ކަމަށެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 717 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލީގައި މިހާތަނަށް 7 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *