ރެހެނދި ސްކޫލާއި އެ ސްކޫލުގެ ޕްރިންސިޕަލްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްފި

ހުޅުމާލެ ފޭސް އެކެއްގައި އިމާރާތް ކޮށްފައިވާ ރެހެނދި ސްކޫލު --

ހުޅުމާލޭގައި ހުންނަ ރެހެނދި ސްކޫލާއި އެ ސްކޫލުގެ ޕްރިންސިޕަލްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރެހެނދި ސްކޫލުގެ ޓްވީޓާ އަދި ފޭސްބުކް އެކައުންޓުތައް ހެކްކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލުގެ ޕްރިންސިޕަލްގެ ސޯޝަލް މީޑިއާ އެކައުންޓުތައްވެސް ހެކް ކޮށްފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓު ފޯމު ކަމަށްވާ ފޭސްބުކާއި ޓްވީޓާ އަށްވެސް އެކަން އަންގާފައިވާ ކަމަށެވެ.

މިފަހަކަށް އައިސް ދައުލަތުގެ އެކި މުއައްސަސާތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް އަންނަނީ ހެކް ކުރަމުންނެވެ. ދާދިފަހުން ޓޫރިޒަމް މިނިސްޓްރީގެ ޓްވީޓާ އެކައުންޓުވެސް ވަނީ ހެކް ކޮށްފައެވެ. އަދި ރާއްޖޭގެ ރަށެއްގެ ޓީޗަރެއްގެ ނަން މަތީގައި ފޭކް ޓްވީޓާ އެކައުންޓެއް ހަދައިގެން އުޅުނު މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.