ގުދުރަތީ ވެށި ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރާނަން: ރައީސް

ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ސަރުކާރުން ގުދުރަތީ ވެށި ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުން ގުދުރަތީ ވެށި ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ތިމާވެށި ދުވަސް ފާހަގަކުރަމުންދާއިރު، މިހާރު ދިމާވެގެން އުޅޭ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަންނަން މަސައްކަތް ކުރުމާއެކު ތިމާވެށި ހިމާޔަތް ކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ތިމާވެށި ހިިމާޔަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި މިސަރުކާރުން ހާއްސަ ސަމާލު ކަމެއްދޭނެ ކަމަށެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ "ޓައިމް ފޮރ ނޭޗަރ" އެވެ. އަދި މިއަހަރު އަލިއަޅުވާލުމަށް ނިންމާފައި ވަނީ ދިރޭތަކެއްޗަށެވެ.

ސަރުކާރުން ގުދުރަތީ ވެށި ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއާ ގުޅިގެން ވިލިމާލެ ފަރަށް ގެއްލުންވާ ކަމަށްބުނެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި މާދަމާ ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީއަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ހާޒިރު ކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *