ހަސަން ލަތީފުގެ ވަރުގަދަ ބަހުގެ ހަަމަލާއެއް ހޯމް މިނިސްޓަރު އިމްރާނަށް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ވަރުގަދަ ބަހުގެ ހަމަލާއެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައްދު ކުރައްވައިފިއެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި ރައްޔިތުން މަޖިލީހުގެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅާ މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހުރެގެން ނުވާނެ ކަމަށެވެ.

ހަސަން ލަތީފު މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުން ފުލުހުން ބަލާނެ ކަމަށާއި އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ރޭ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ދަނޑިވަޅެއްގައެވެ.

ދައުލަތުގެ މީޑިއާ “ޕީއެސްއެމް ނިއުސް”ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ހިސާބަށް މިހާރު ވަނީ އައިސްފައި ކަމަށެވެ. އެހެންކަމުން އިންސާފުވެރި ކަމާއިއެކުގައި އެ މައްސަލަ ބަލާ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ މައްޗަށް ގާނޫނުން އޮތް ޒިންމާއެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

“އެހެންކަމުން އިންސާފުވެރިކަމުގައި އެ މައްސަލަތައް ބަލާ ތަހުގީގު ކުރެވި އޭގައި ލިބިދޭންޖެހޭ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިދިނުމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިކުރާ މަސައްކަތް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާފުވެރިކަމާއި އެކުގައި އެ މައްސަލަތައް ބެލި ހުރިހާ ފަރާތްތަކަށް އިންސާފު ލިބުމަށް ފުލުހުންގެ ފަރާތުން ކޮށްދެން ޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނަން،” މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *