ރައީސް ނަޝީދުގެ ޝުކުރު ރޯމަސް ޑެލިވަރީ ކުރާ މީހުންނަށް

ދެ ރައީސުންނާ މަގުމަތިން މިއަދު ބައްދަލުވި މީހުންގެ ތެރޭގައި ރޯމަސް ޑެލިވަރީ ކުރާ މީހުން ހިމެނޭ

މުލިއާގޭގައި މިއަދު ދެ ރައީސުން ބައްދަލު ކުރެއްވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުން ބޭއްވި އެ ބައްދަލުވުމުގެ ފޮޓޯ، ރައީސް ސޯލިހު ވަނީ ޓްވީޓު ކުރައްވާފައެވެ. ރައީސްގެ ޓްވީޓު ވަރަށް ރަސްމީއެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަންދޭނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓު ތަފާތެވެ. ވިދާޅުވީ އެ ދެ ބޭފުޅުންނާ މަގުމަތިން ބައެއް މީހުންނާ ދިމާވި ކަމަށެވެ. އޭގެ ތެރޭގައި މިދަތި އުނދަގޫ ހާލަތުގައި ރޯމަސް ގަނެ ޑެލިވަރީކޮށްދެއްވުުގެ ހިދުމަތުގައި ދެމިތިއްބެވި ބޭފުޅުން ފާހަގަ ކުރާ ކަމަށާއި ފަށްފަށުން ޝުކުރު އަދާ ކުރާ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ލޮކްޑައުންނަށް ފަހު ދެ ރައީސުންގެ އެކުއެކީގައި އުޅުއްވާ ފޮޓޯ އާންމުކޮށްފައި ވަނީ އެ ދެބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ބައިބައިވުން އޮތް ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަަމުންނެވެ. ނަމަވެސް މިއަދު އާންމު ކުރި ފޮޓޯތަކާ އެކު އެ ދެބޭފުޅުންގެ ގުޅުމަށް ބަދަލެއް ނާންނަކަން ސާބިތުކޮށްދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.